ރަޝިޔާއަށް ކްރިޕްޓޯ ކަރަންސީ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށްޓަކައި އެމެރިކާގެ ރައީސް ކްރިޕްޓޯކަރަންސީއާ ބެހޭ އެގްޒެކެޓިވް އޯޑަރެއްގައި މި ހަފްތާގައި ސޮއިކުރައްވާނެ ކަމަށް ބެލެވެއެވެ. މިއީ ޑިޖިޓަލް ކަރަންސީގެ ވިޔަފާރި ރެގިއުލޭޓް ކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅުކަން ފާހަގަކުރެވެ އެއެވެ.
ރަޝިޔާއިން ޔޫކްރެއިންގައި ފަށާފައިވާ ހަނގުރާމައިން ލިބޭ ގެއްލުންތައް ފޫ ބެއްދުމަށް ރަޝިޔާއިން ކްރިޕްޓޯކަރަންސީ ބޭނުންކުރަމުންދާ ކަމުގެ ކަންބޮޑުވުންތައް އެމެރިކާގެ ފަރާތްތަކުން ފާހަގަ ކުރެއެވެ.
މިހާރުވެސް އެމެރިކާއާއި ބައިވެރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ ރުބެލް ވަނީ މިފަހުން ދުވަހަކުވެސް އަގު ނުވެއްޓޭ މިންވަރަށް އަގު ވެއްޓިފައެވެ. އަދި ހިއްސާގެ ބާޒާރުވެސް ކޮންޓްރޯލު ކރުމަށް ރަޝިޔާއިން ވަނީ އެ ގައުމުގެ ހިއްސާގެ ބާޒާރުވެސް ބަންދުކޮށްފަ އެވެ.
ބައިޑެން ސޮއިކުރައްވާ އަމުރުގައި ޑިޖިޓަލް ކަރަންސީތަކާ ގުޅޭ ސިޔާސަތުތަކާއި ގަވާއިދުތައް ހެދުމަށް ޓްރެޜަރީ ޑިޕާޓްމަންޓާއި ސަރުކާރުގެ އިދާރާތަކުން ކުރަން ޖެހޭ ކަންކަން ބަޔާންކުރާނެ ކަމަށް ބެލެވެ އެވެ. މީގެ ތެރޭގައި އެމެރިކާގެ ކްރިޕްޓޯކަރަންސީގެ ގާނޫނުތައް އެމެރިކާގެ އެކުވެރި ގައުމުތަކާ އެއްގޮތްކަން ކަށަވަރު ކުރުމަށް އެންގޭނެއެވެ. އަދި އެމެރިކާގެ މާލީ ނިޒާމުގެ ހަމަޖެހުން މޮނިޓާ ކުރާ ފައިނޭންޝަލް ސްޓެބިލިޓީ އޯވަސައިޓް ކައުންސިލުންވެސް މިކަން ދިރާސާ ކުރުން ހިމެނެއެވެ.
މިއާއެކު އެމެރިކާގެ މަރުކަޒީ ބެންކުން އަމިއްލަ ޑިޖިޓަލް ކަރަންސީއެއް ތައާރަފް ކުރުމަށްވެސް މަސައްކަތް ކުރާނެއެވެ.