ހދ. ކުމުންދޫ ބަނދަރު ތަރައްގީ ކުމުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ނެރު ފުންކުރުމުގެ މަސައްކަތް މިއަދު ފަށައިފި ކަމަށް އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.

މިއީ އެރަށުގެ ތަރައްގީއަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫއެކެވެ. އެރަށުގެ ބަނދަރު ތަރައްގީކޮށް ނިމުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

މިމަޝްރޫއަކީ ސަރުކާރުން 35.6 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ހެދުމަށްޓަކައު 14،301 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން 242 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި ލުމާއި، 198 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައވާ ކަމަށް ވެސް އެމްޓީސީސީން ވިދާޅުވިއެވެ. އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

އެމްޓީސީސީއަކީ ރާއްޖޭގައި މިފަދަ މަސައްކަތްތައް ކުރުމުގައި ކާމިޔާބު މާޒީއެއްއޮތް ކުންފުންޏެކެވެ. އެކުންފުނީން މިހާރު ވެސް ގެންދަވަނީ އެތައްރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންނެވެ.