ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރުގެ ރިޔާސީ ކެންޕޭން ތިންމަހަށް މެދުކަނޑާލުމަށްފަހު މާދަމާރޭ އަލުން ފަށާނޭ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ މިހަރަކާތް އޮންނާނީ ޑީއެންއޭ މާލަމުގައި މާދަމާރޭ 9:00 ގައި ކަމަށެވެ. "ވަރމް-އަޕް" ގެ ނަމުގައި ކުރިއަށް ގެންދާ ޢުމަރުގެ ކެންޕޭން ހަރަކާތްތައް ތިން މަހަށް މެދުކަނޑާލީ އޭސީސީން އޭނާގެ މައްސަލައެއް ޕީޖީއަށް ފޮނުވައި ދައުވާ ކޮށްދިނުމަށް އެދުމުންނެވެ. މައްސަލަ ފޮނުވުމުން ދައުލަތަށް އިޙުތިރާމް ކުރުމުގެ ގޮތުން 90 ދުވަހަށް ޢުމަރުގެ ރިޔާސީ ކެމްޕޭން މެދުކަނޑާލީއެވެ. އެހެނަސް އެ މުއްދަމާރިޗު 7 ވަނަ ދުވަހު އެ މުއްދަތު ހަމަވިއިރު ވެސް ކުށެއް ސާބިތު ކޮށެއް ނުދެވުނު ކަމަށް ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަށްފަހު އޭނާވެސް ޖަލަށް ލާންޖެހޭނެ ކަމަށް އެމްޑީޕީގެ މަޖްލިސް މެންބަރަކު ވިދާޅުވި ކަމަށެވެ. އޭގެ "ދުވަސް ކޮޅެއްފަހުން، އޭސީސީ ގެ މެންބަރުން ވަކިކުރާނެ ކަމުގެ އެތައް އިންޒާރު ތަކަކަށްފަހު، ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމަށްފަހު، އަޅުގަޑުގެ މައްސަލައެއް އޭސީސީ އިން ޕީޖީ އަށް ފޮނުއްވި،" ޢުމަރު ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީ އާއި މިނިވަން 50 އާއި އަޅުގަޑުގެ ވަޒީރު ކަމުގައި ހަވާލުވެ ހުރި 7 އިދާރާ 7 އަހަރުވަންދެން ހާވާ ބަލައިގެން ސާބިތުވީ 'ހުދު ވަލު'ގެ ހުދު ކަމެވެ." ކުށެއްނުކުރައްވާކަން ހާމަކޮށްދިނުމުގެ ގޮތުން ޢުމަރު ވިދާޅުވިއެވެ.