ށ. ކޮމަންޑޫ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން މިހާރު ހިއްކާފައިވާ ސަރަހައްދު ވަގުތީ ގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. މިއީ މިހާތަނަށް ހިއްކިފައިވާ ސަރަހައްދު ގިރައިގެންދިޔަ ނުދިއުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް އެކުންފުުނީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑުއާއި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލެވޭނެއެވެ. މީގެ އިތުރުން 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނެއެވެ. މިއީ 249.90 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ދެ ކޮމަންޑޫ ގުޅައިލުމަކީ ކޮމަންޑޫ ރައްޔިތުން އެދިއެދިތިބި ޚާއްސަ ކަމެކެވެ. އެކަން މިސަރުކާރުން ފަށައިފައިވަނީ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގެ ދުވަަސްވަރުއެވެ.