ސުމޭ ސްޓޭޓް މެޑިކަލް ކޮލެޖުގގައި ކިޔަވާ ޕާކިސްތާނުގެ ދަރިވަރެއް ކަމަށްވާ އަސްމާ ޝާފިގު ވަނީ އިންޑިއާއިން އޭނާ ޔުކްރެއިން އިން ބޭރުކޮށް ދިނުމުން، އިންޑިއާ ބޮޑު ވަޒީރަށް ޝުކުރު އަދާކޮށްފައެވެ. އިންޑިއާއިން ވަނީ އަވަށްޓެރި ގައުމުތަކާއި އެހެން ބައެއް ގައުމުތަކުގެ ރައްޔިތުން ޔުކްރެއިން އިން ބޭރުވުމަށް އެހީވެ ދީފައެވެ.

"ހައި، އަޅުގަނޑުގެ ނަމަކީ ޕާކިސްތާނުގެ އަސްމާ ޝަފީގު. ރެޑް ކްރޮސް ސޮސައިޓީއަށާއި، އިންޑިޔާ ސަރުކާރަށާއި، އިންޑިޔާ އެމްބަސީއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ވެރިވަން، އަޅުގަނޑުމެން ރައްކާތެރިކަމާއެކީ ބޯޑަރުތަކަށް ގެން ދިޔައީތީ ޝުކުރިއްޔާ" އަސްމާ ޝަފީގް ޓުއީޓް ކުރި ސެލްފީއެއްގައި ބުންޏެވެ.

އޭނާ ބޯޑަރު ހުރަސް ކުރަނީ އޭނާއާއެކު ޔޫކްރެއިންގެ ސުމީ ސްޓޭޓް ޔުނިވާސިޓީގައި ކިޔަވަމުންދާ އިންޑިއާ ދަރިވަރުންނާއެކުގައެވެ.

'އޮޕަރޭޝަން ގަންގާ' ގެ ދަށުން ޔޫކްރެއިންއިން އިންޑިއާގެ ދަރިވަރުން އަނބުރައި ގެނައުމުގެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް ޚާއްސަ ފްލައިޓްތަކެއްގައި އިންޑިއާއިން 18،000 އެއްހާ މީހުން ވަނީ އިންޑިއާއަށް ގެންގޮސްފައވެ.

އިންޑިއާއިން ވަނީ އަލްޖީރިއާގެ ދަރިވަރުން ތަކެއްވެސް ޔުކްރއިން އިން ބޭރުވުމަށް އެހީތެރިވެ ދީފައެވެ.

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚު ޙަސީނާ ވަނީ އެގައުމުގެ ދިހަ ދަރިވަރުން އުކްރެއިން ބޭރުވުމަށް އިންޑިއާއިން އެހީވެދީފައިވާތީ އިންޑިއާގެ ބޮޑު ވަޒީރަށް ފޯނުން ގުޅުއްވައި ޝުކުރު އަދާ ކުރައްވާފައެވެ.

އދގެ ސަލާމަތީ މަޖިލީހުގައި އޮޕަރޭޝަން ގަންގާގެ މައުލޫމާތު ހިއްސާކުރިއިރު އިންޑިއާއިން ވަނީ އަވަށްޓެރި ގައުމުތަކުގެ ރައްޔިތުން ޔުކްރެއިން ބޭރުކުރުމުގައި އިންޑިއާއިން އެހީތެރިވެދިނުމަށް ހުށަހަޅާފައެވެ.