ބޭނުންވާ ތަކެތި

200 ގުރާމު ބޯންލެސް ޗިކަން ( ދިގުކޮށް ކޮށާފައި)

1 ކެރެޓް

1 ބެލްބެޕާ

1 ފިޔާ

½ ކުޑަ ކެބެޖެއް

1 މޭޒުމަތީސަމުސާ އޮއިސްޓާ ސޯސް

1 މޭޒުމަތީސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

2 މޭޒުމަތީސަމުސާ ޗިލީ ސޯސް

2 މޭޒުމަތީސަމުސާ ޑާކް ސޯޔާ ސޯސް

1 މޭޒުމަތީސަމުސާ ޗިކެން ޕައުޑަރ

1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީސަމުސާ ޓޮމާޓޯ ސޯސް

1 ޖޯޑު އެގް ނޫޑްލްސް

1 ޖޯޑު ފެން

ތެއްލަން ތެޔޮ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ކުކުޅު ހިމަ ދިގު ކޮށް ކޮށުމަށްފަހު ބޯތައްޓަކަށް އަޅައި ކޯން ފުލާއާއި ކުޑަ ލޮނުކޮޅެއް ލައިގެން މޮޑެލާށެވެ. އެއަށްފަހު ތަވަޔަކަށް ތެޔޮ އަޅައި ކުކުޅުމަސްތައް ތެއްލާލާށެވެ. ދެން ތަރުކާރީތައް ހިމަ ދިގުކޮށް ކޮށާށެވެ. އަނެއްކާވެސް ތެއްޔަކަށް 2 ސަމުސާ ތެޔޮ އެޅުމަށްފަހު އުނދުންމައްޗަށް އުދައި ހޫނުކޮށްލާށެވެ. ތެޔޮ ފޮދު ހޫނުވުމުން ލޮނުމެދުކޮޅު އަޅާށެވެ. ދެން ފިޔައާއި ކޮށި ތަރުކާރީ އަޅާށެވެ. ތަރުކާރީކޮޅު 2 މިނެޓެއްހާއިރު ކައްކާލުމަށްފަހު ކުކުޅު އަޅާށެވެ. ކުކުޅާއި ތަރުކާރީ އެއްވުމުން ފެންފޮދެއް އަޅާށެވެ. ދެން ސޯޔާ ސޯސް އާއި އޮއިސްޓާ ސޯސް އަދި ޗިކަން ޕައުޑަރ، ޗިލީ ސޯސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު އަސޭމިރުހާއި ޓޮމާޓޯ ސޯސް އަދި ފެންފޮދެއް ވެސް އަޅާށެވެ. ދެން ނޫޑްލްސް، ޑާކް ސޯޔާސޯސް އަޅާ އެއްކޮށްލުމަށްފަހު ނޫޑްލްސް ތެލި އުނދުންމަތިން ބަލާށެވެ.