ކ. މާފުށީ ޖަލަށް ތަކެތި ވައްދަން އުޅުނު ކަމަށް ބެލެވޭ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ކ. މާފުށީ ޖަލާ ދިމާއިން މޫދުގައި މީހަކު ގެނބިފައިވާ ކަމަށް ރޭ މެންދަމު 2:22 ގައި އެ ހިދުމަތަށް މައުލޫމާތު ލިބުނު ކަމަށެވެ.

އެ މީހާ ނަގައިގެން މާފުށި ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުންޏެވެ. މަރުވެފައިވަނީ 33 އަހަރުގެ ދިވެއްސެކެވެ.

ހާދިސާގެ އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެމީހާ މަރުވެފައިވަނީ ޖަލަށް ތަކެތި ވެއްދުމަށް ފަތާފައި ޖަލު ހުރި ސަރަހައްދަށް އަރަނިކޮށް އެތަނުގެ ސެކިއުރިޓީންނަށް ފެނުމުން މޫދަށް ފުންމާލުމުން ހޯދަމުން ދަނިކޮށް އެސަރަހައްދުގެ ކަނޑުގެ އަނޑިންނެވެ.