ބޮލީވްޑްގެ ކާމިޔާބު ފިލްމުތަކެއް ކުޅުނު ސޮނާލީ ބެންޑްރޭ 4 އަހަރު ދުވަހު ކެންސަރަށް ފަރުވާ ހޯދުމަށް ފަހު އެނބުރި މަސައްކަތާ ގުޅިއްޖެއެވެ.

"ޕިންކް ވިލާ" އަށް ދިން އިންޓަވިއުއެއްގައި ސޮނާލީ ބުނީ އެނބުރި އާދެވުނީތީ ޝުކުރުވެރިވާކަމަށެވެ. ދަރިފުޅު ބޮޑުވާތަން ފެނުމުގެ ފުރުޞަތު ލިބުނީތީ، އޭނާގެ މައިންބަފައިންނަށްޓަކައި އެނބުރި އާދެވުނީތީ ޝުކުރު ވެރިވާކަމަށެވެ. ރިއަލިޓީ ޝޯ ޑިޑްލީ މާސްޓަރގެ ފަނޑިޔާރުންގެ ގޮނޑިން ސޮނާލީ ފެންނާނެއެވެ.

އޭނާބުނީ މަސައްކަތަށް ނުކުތުމަށް ގިނަ ދުވަސްނެގީ ފުރިހަމަސައްޙަތެއް ލިބި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަދަ ޙާލަތަކަށް ހަށިގަނޑު ދުޅަހެޔޮ ވަންދެން މުޑުކުރުމުން ކަމުގައެވެ. އެހެންނޫނީ މަސައްކަތުގެ ހިތްހަމަޖެހުމާއި އުފަލެއް ނުލިބޭނެތީ މަޑުކުރީ ަކަމށެވެ. މިހާރު އޭނާ އަށް ދުވާލަކު 8 ނުވަތަ 12 ގަޑިއިރުވެސް މަސައްކަތުގައި އުޅެވޭނެކަމށް ސޮނާލީ ބުންޏެވެ.

ސޮނާލީ މަސައްކަތަށް ނުކުތުމަށް އެންމެ ބޮޑަށް ހިތްވަރުދެނީ އޭނާގެ ފިރިމީހާ، ފިލްމް މޭކާ ގޯލްޑީ ބެލްއެވެ. އޭނާ ބުނީ ގޯލްޑީ އޭނާ މަސައްކަތަށް ހިތްވަރު ދިނުމުގެ އިތުރަށް އެކަމަށް ބާރު އަޅާ އެހީތެރިވެދެއެވެ.

ސޮނާލީ ކެންސަރަށް ފަރުވާ ފެށީ 2018 ވަނަ އަހަރުއެވެ. އޭނާ އަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 4 ވަނަ ސްޓޭޖްގައެވެ. އޭނާ ފަރުވާ ހޯދީ އެމެރިކާގެ ނިއުޔޯކުންނެވެ. ކެންސަރު ޖެހުނީއްސުރެ އޭނާގެ ހާލަތު ސަޕޯޓަރުންނަށް އަންގަމުން ގެންދިޔައެވެ.

ސޮނާލީ ބޮލީ ވުޑަށް ނުކުތީ 1994 ވަނަ އަހަރު "ނާރާޒު" އިންނެވެ. އޭގެ ފަހުން ކާމިޔާބު އެތައް ފިލްމެއް އޭނާ ކުޅެފާވެއެވެ. އޭގެތެރޭގައި "ސަފްރޯޝް، ދިލްޖަލޭ، ހަމް ސާތު ސާތުހޭ" ފަދަ މައްޝޫރު ފިލްމްތައް ހިމެނެއެވެ. އަދި 0200 ގެ އަހަރުތަކުގައި ވަރަށް ގިނަ ޝޯތަކުގެ ފަނޑިޔާރުކަންވެސް އޭނާ ކުރިއެވެ. އޭގެ ތެރޭގައި މައްޝޫރު ލަވަ މުބަރާތް އިންޑިއަން އައިޑަލް 2008 ގެ އިތުރުން އިންޑިއާސް ގޮޓް ޓެލެންޓް، ހިންދުސްތާނުކީ ހުނަރު ބާޒް، އިންޑިއާސް ބެސްޓް ޑްރާމޭ ބާޒް ހިމެނެއެވެ.