އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަމަށް އައްޔަންކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން 40 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެއެވެ. ނަމަވެސް ރައީސް އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވީ ފަސް ނަމެކެވެ.

އޭސީސީއަށް އައްޔަނު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވާ ބޭފުޅުންނަކީ އަލްއުސްތާޒު އާދަމް ޝާމިލް، ރަތްވިލާގެ/ތ. ވިލުފުށި، އަލްއުސްތާޒު އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ، އަލްއުސްތާޒު ތާހާ މުހައްމަދު، ކަޅިހާރުގެ/އދ. މާމިގިލި، އަލްއުސްތާޒާ ޝަޒްނާ ހާޝިމް، ރިހިވިލު/ހދ. ނޮޅިވަރަންފަރު އަދި އަލްއުސްތާޒާ ޝިޔާމާ މުހައްމަދު، ނާރެސް/ރ. ހުޅުދުއްފާރުއެވެ.

އޭސީސީގެ މެމްބަރުންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ތިއްބެވި މެމްބަރުން އިސްތިއުފާ ދެއްވުމުންނެވެ. އެ މެމްބަރުން އިސްތިއުފާ ދެއްވީ އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

އޭސީސީގެ ކުރީގެ މެމްބަރުންގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޑީޕީގެ މަޖިލީހުގެ މެމްބަރުންގެ މެދުަގއި އަބަދުވެސް ކަންބޮޑުވުން އޮތެވެ. އެގޮތުން އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުން ލަސްވާ މައްސަލައިގައި އެމްޑީޕީ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.