ގައުމު މިހާރު އޮތް ހާލަތާއި މިހާލަތުން އަރައިގަތުމަށްޓަކާ އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ކުރެވެން ހުރިކަންކަމާ ގުޅޭ ގޮތުން ޕީއެމް/ޕީއެންސީ ކޯލިޝަންގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި މިރޭ މަޝްވަރާ ކޮށްފިއެވެ.

މިރޭ ބޭއްވި ބައްދަލުވުމުގައި ގައުމު މިހާރުއޮތް ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމަށް މަޝްވަރާ ކުރުމުގެ އިތުރުން ޕާޓީގެ އިދާރީ ދާއިރާތަކުގެ ހިންގުން ހަރަދަނާކޮށް ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް އެ ކޯލިޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން އިދާރާގޮތުން ޕާޓީގެ ހިންހުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީނެވެ. މިއީ އެމަނިކުފާނު މިނިވަންވެ ވަޑައިގެންނެވުމަށްފަހު ބައިވެރިވެ ވަޑައިގެން ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ޖޮއިންޓް ކައުންސިލް ބައްދަލުވުމެވެ.