ފެނަކަ ކޯޕަރޭޝަނުން ކ. ހުރާގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމައްޓަކައި އެރަށަށް ފޮނުވި 1000 ކޭވީގެ ޖެނެރޭޓަރ ސެެޓެއް އިންސްޓޯލްކުރުމަށްފަހު މިހާރު ވަނީ އެ ރަށަށް ހިދުމަތް ދޭން ފަށައިފައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެެއެވެ.

އެ ޖެންސެޓު އެރަށަށް ފޮނުވިކަން ފެނަކައިން ހާމކޮށްފައިވަނީ މިމަހު 9 ވަނަ ދުވަހުއެވެ. މިއިންޖީނު ބަހައްޓައި ޚިދުމަތް ދޭން ފެށުމުން އެރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެއެވެ.

ފެކައިން ގެންދަވަނީ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ތަފާތު މަސައްކަތައް ކުރައްވަމުންނެވެ. އެގޮތުން ދުރު މުސްތަގުބަލަކަށް ރާވައިގެން އައު އިންޖީނުގެތައް އިމާރާތް ކުރުމުގެ މަސައްކަތްދަނީ ކުރައްވަމުންނެވެ. މި މަޝްރޫއުގެ ދަށުން އިންޖީނުގެތައް ރިލޯކޭޓު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ރިލޯކޭޓު ކުރަނީ ރައްޔިތުންނަށް އެކި ގޮތްގޮތުން އުނދަގޫވާ ސަރަހައްދުގައި ހުރި އިންޖީނުގެތަކެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައީދު މުޙައްމަދު ވަނީ ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫ މަރުކަޒީ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވައިފައެވެ.