ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންތަކެއް ސްޓެލްކޯގެ މައި އޮފީހަށާއި މާލޭގެ އިންޖީނުގެއަށް ޒިޔާރަތެއް ކޮށްފިއެވެ.

ސްޓެލްކޯއިން ވިދާޅުވެފައިވަނީ މިއަދު އެ އޮފީހަށް ޒިޔާރަތް ކޮށްފައިވަނީ ޔުނިވަރސިޓީގެ 18 ދަރިވަރަކު ކަމަށެވެ. މި ޒިޔާރަތުގައި އެ ދަރިވަރުންނަށް ވަނީ ސްޓެލްކޯއިން ދެމުންގެންދާ ހިދުމަތްތަކުގެ މައުލޫމާތު އެކުދިންނަށް ފޯރުކޮށްދީފައެވެ.

ސްޓެލްކޯއަކީ ރާއްޖޭގައި ޔުޓިލިޓީ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ އެންމެ ދުވަސްވީ ތަހުރިބާކާރު ކުންފުންޏެވެ. އެކުންފުނީން މިހާރުވެސް ގެންދަވަނީ މާލެއަށާއި އެތައް ރަށަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.