ތަށިމުށި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް މިއަދު އަޑިއަށް ހިނގައްޖެއެވެ. މި ހާދިސާގައި އެއިން ދަތުރުކުރި އެންމެން ވެސް ވަނީ ސަލާމަތް ވެފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިދޯނި ދަތުރު ކުރަމުންދިޔައީ ރ.އުނގޫފާރުން ފުރައިގެން ރ. އިންނަމާދޫއަށެވެ. "މިޔަރެން" ނަމަކަށް ކިޔާ މިދޯނި އަޑިއަށްދިޔައީ ރަސްމާދޫ ކައިރިއަށެވެ.މި ދޯނިން ދަތުރުކުރީ 2 ދިވެހީންނެވެ. މި ދެ މީހުން ސަލާމަތް ކުރުމަށްފަހު ގެންގޮސްފައިވަނީ ރ. އުނގޫފާރަށެވެ. ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.