ރ. އަނގޮޅިތީމް ބަނދަރުގެ 92 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މިމަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ އަނގޮޅިތީމުގައި ހަނދާ ބަނދަރުގެ ބޮޑުބައެއް ނިމިފައިވާ ކަމަށާ އެގޮތުން ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 221 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން 91 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1100 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫޢަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.