ބޮލީވްޑްގެ ސްޕަސްޓާ ކަރީނާ ކަޕޫރު މި މާރިޗް 14 ވަނަ ދުވަހު އޭނާގެ ދެ ދަރިން ގޮވައިގެން މިފަހަރު ރާއްޖެ އައީ ފިރިމީހާ ސައިފު އަލީ ޚާން އާއި އެކުގައެއްނޫނެވެ. ޕްރައިވެޓް ޖެޓެއްގައި ދޮށީ ދަރިފުޅު ތައިމޫރާއި ހަގު ދަރިފުޅު ޖަހަންގީރު ގޮވައިގެން އޭނާ ރާއްޖެ އައީ ދައްތަ ކަރިޝްމާ ކަޕޫރާއި އެކުގައެވެ.

މުންބާއި އެއާޕޯޓްގައި މި ދެބެން ތިބި ފޮޓޮއެއް ހިއްސާކުރުމަށްފަހު އިންޑިޔާގެ ނޫސްތަކުގައި ލިޔެފައިވަނީ ކަރީނާ ދިވެހިރާއްޖެއަށް ދާން އެއާޕޯޓުގައި ހުއްޓާ ނަގާފައިވާ ފޮޓއެއް ކަމަށެވެ. އެހެންނަމަވެސް، އެހެންފަހަރުތަކަކާއި އެއްގޮތަށް މި ދަތުރު ކަރީނާ ރާއްޖެ އައިސް މާގިނަ ފޮޓޯ ތަކެއް ހިއްސާއެއް ނުކުރެއެވެ. އެހެނަސް މިއަދު ރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށެއްގައި ދަރިފުޅު ޖަހަންގީރު ގޮވައިގެން އިން ފޮޓޮއެއް އިންސްޓަރގްރާމުގައި ހިއްސާކޮށް " ވެއާ އައި ބިލޯންގްސް" ލިޔެފައި ވެއެވެ.

ކަރީނާ ކަޕޫރަކީވެސް ޗުއްޓީހޭދަކުރުމަށް ވަރަށް ގިނައިން ރާއްޖެ އަންނަ ބޮލީވުޑްގެ ތަރިއެކެވެ.

މިދިޔަ އަހުރުގެ އޮގަސްޓް މަހުގައިވެސް ކަރީނާ އާއި ސައިފް އެ ދެމަފިރިންގެ ދެކުދިން ގޮވައިގެން ރާއްޖެ އައެވެ. އެމީހުންގެ ހަގު ދަރިފުޅުގެ އުމުރުން ހަމަހުގައި ކުރި މިދަތުރުގައި އިންސްޓަގްރާމުގައި ވަރަށްގިނަ ފޮޓޯތައް ހިއްސާ ކުރިއެވެ. ނަމަވެސް މިދަތުރުގެ މާގިނަ ފޮޓޯތަކެއް މީޑިއާ އަކުން ނުފެނެއެވެ. އަދި ކަރީނާ ރާއްޖެ އައިސް ހުރީ ކޮން ރިސޯޓެއްގައި ކަމެއްވެސް ނޭނގެއެވެ.

ފަހަކަން އައިސް އިންޑިޔާގެ މުއްސަނދިންނާއި ބޮލީވޮޑްގެ މައްޝޫރު ފަންނާނު ޗުއްޓީހޭދަކުރުމަށް އަންނަ މަގުބޫލު މަންޒިލަކަށް ރާއްޖެވަނީ ވެފައެވެ.