އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންއިން މިއަހަރުގެ ރަމަޟާންް މަހާއި ދިމާކޮށްް "ނިޕޯން ރަމަޟާން ބާޒާރު ޕުރޮމޯޝަން" ފަށައިފިއެވެ.

މިކަމަށްޓަކައި ޕެއިންޓް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައި މިޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމްރު މުހައްމަދު ރަޝާދު އެވެ.

މިޕްރޮމޯޝަން ކުރިއަށް ދާނީ 17 މާރޗް 2022 އިން 30 އެޕްރީލް 2022 ގެ ނިޔަލަށް އެސްޓީއޯ ނިޕޯން ޝޯރޫމް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގައެވެ. ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި 20 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ.

މީގެ އިތުރުން މިޕްރޮމޯޝަން ހިނގަމުންދާ އިރު، ޕެއިންޓް އައިޓަމް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. މިގޮތުން 1000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަންއެއް ލިބިގެންދާނެއެވެ.

ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ފަރާތެއް ހޮވައި، އެ ފަރާތަށް ޝީޝާގެ ސްކޫޕީ ކުލަބް 12 ގެ ސައިކަލެއް ލިބިގެންދާ މި ޕްރޮމޯޝަންގައި އަދިވެސް އިތުރު އަގު ހުރި އިނާމްތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓް އަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މިހާރު ނިޕޯން ޝޯރޫން ހުންނާނީ އާމީނީ މަގުގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަން ވެއަރހައުސް އިމާރާތުގައެވެ.