ބޭނުންވާ ތަކެތި

500 ގުރާމު ފުށް

1 މޭޒުމތީސަމުސާ ޔީސްޓް

1 މޭޒުމަތީސަމުސާ ހަކުރު

1 ސައިސަމުސާ ލޮނު

2 މޭޒުމަތީސަމުސާ އޮލިވް އޮއިލް

300 އެމް އެލް ފެން

8 ލޮނުމެދު (ޗަސްކޮށްފައ)

ކޮރެއަންޑާ ލީވްސްކޮޅެއް

ތައްޔާރުކުރާނެގޮތް

ހަކުރު، ލޮނު، ތެޔޮ، ޔީސްޓް އަޅައި ފެންޖަހައިގެން ފުށްގަނޑު މޮޑެލާށެވެ. އެއަށްފަހު މަތިޖެހި ތައްޓަކަށްލައި 15 މިނެޓްވަންދެން ފުށްގަނޑު ބާއްވާށެވެ. ދެން ކުދި ގުޅަޖެހުމަށްފަހު ރޮށިދަމާ ގޮތަށް ނާން ބައްޓަމަށް ފުންގަނޑު ދަމާލާށެވެ. އެއަށްފަހު ތައްޔާރުކުރި ލޮނުމެދު ދެމި ފުށްގަނޑު މަތީގައި އުނގުޅާށެވެ. ދެން އަނެއްކާވެސް ދަނޑިގަނޑުން ދަމާލާށެވެ. ބޭނުންނަމަ ލޮނުމެދާއެކު ކޮރިއަންޑާ ލީވް ވެސް އެއްކުރެވިދާނެއެވެ. ތަވައިގައި ނުވތަ އަވަނުގައިވެސް ނާން ފިހެވިދާނެއެވެ.