ކުލަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" އިން ހޮވި ނިމިިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ގައުމީ ޓީމާއި މާޒިޔާގެ ހުނަރުވެރި މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕް) ހޯދައިފިއެވެ.

ޔޫތު މިނިސްޓްރީއިން އިންތިޒާމްކޮށްގެން މުޅިން އަލަށް ރާއްޖޭގައި ބޭއްވި މިއެވޯޑް ހަފްލާގައި ހަމްޒާއަށް އެވޯޑް

ހަވާލް ކޮށްދިނީ ބްރެޒިލްއާއެކު 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި މަޝްހޫރު ވާތު ބެކް ރޮބާޓޯ ކާލޯސްއެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމަށް ހަމްޕްްއާ ވާދަކުރީ އޭނާއާ އެއްރަށަކަށް (ބ.އޭދަފުށި) ނިސްބަތްވާ އަލީ ފާސިރު (ސެންޓޭ) އާއި އދ.މަހިބަދޫއަށް އުފަން އަދި ހަމްޕްއާއެކު މާޒިޔާއަށް ކުޅެމުން އަންނަ ސަމޫހް އަލީ (ސަމުއްޓެ) އެވެ.

އޭދަފުށީ ސްކޫލް ޓީމުން ފާހަގަވި ހަމްޒާގެ ހުނަރުތައް ގިނަބައެއްގެ ލޮލުގައި ފުރަތަމަ އަޅައިގަތީ ނިއުރޭޑިއަންޓް ޖާޒީގައި ޔޫތު ޗެމްޕިއަންޝިޕުގައި ދެއްކި ކުޅުމުންނެވެ. އޭރު ނިއުގެ ސީނިއަރ ޓީމުގެ ކޯޗަކަށް ހުރި ވެލީޒާ ޕޮޕޯވް ބުނަމުންދިޔައީ ހަމްޕްއަކީ ރާއްޖޭ ފުޓްބޯޅައިގެ މުސްތަގުބަލު ކަމަށެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ފުޓްބޯޅައިގެ އިތުރުން އެހެނިހެން ގިނަ ކުޅިވަރުތަކުން ފާހަގަ ކޮށްލެވޭ ކުޅުންތެރިން ހޮވައި ހޮވައި އެވޯޑް ވަނީ ދީފައެވެ.