އެމެރިކާގެ އަތްދަށުގައިވާ ރަޝިޔާގެ ތަންތަން ރަޝިޔާއަށް އަނބުރައި ދިނުމަށް ރަޝިޔާގެ ޕާލަމެންޓްގެ މެމްބަރަކު ގޮވާލައްވައިފިއެވެ. ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން، ރަޝިޔާގެ ޕާލަމެންޓް މެމްބަރު އޮލެގް މަޓްވެއިޗޭވް ވަނީ، ރަޝިޔާއިން ޔޫކްރެއިންގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ރައްދުގައި ވާހަކަ ދައްކާފައެވެ.
"މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ސަބަބުން އަޅުގަނޑުމެންނަށް ފައިސާ ހަރަދުވޭ. ރަޝިއާގެ އެމްޕަޔާ އާއި ސޯވިއެޓް ޔޫނިއަން ގެ ބިންތަކާއި އަދި މިހާރު އެމެރިކާއިން ހިފައިގެން އުޅޭ ރަޝިއާގެ ބައެއް ސަރަހައްދުތައް ވެސް ހިމެނޭ ގޮތަށް އެ ހުރިހައި ބިންތައް ރަޝިޔާއަށް އަނބުރާ އަންނަން ޖެހޭ" އެންކަރޭޖް ޑެއިލީ ނިއުސްގައި ވާހަކަ ދައްކަމުން އެމްޕީ މަޓްވެއިޗޭވް ވިދާޅުވި އެވެ.
ކެލިފޯނިއާގެ ޑިޕާޓްމަންޓް އޮފް ޕާކްސް އެންޑް ރެކްރިއޭޝަނުން ބުނާ ގޮތުގައި ޝޯގެ ހޯސްޓް މަޓްވެއިޗޭވް އާ ސުވާލުކުރީ އަލަސްކާ އާއި ފޯޓް ރޮސް އަނބުރައި ހޯދުމާ ބެހޭ ގޮތުންނެވެ. މިތަންތަނަކީ، ކެލިފޯނިއާގައި ވަޒަންވެރިވި ރަޝިއާ މީހުން އުފެއްދި ސަރަހައްދެއްކަމަށް ކެލިފޯނިއާގެ ފޮރެސްޓް ޑިޕާޓްމެންޓުން ބުނެއެވެ.
އިންޓަރވިއުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެންޓާޓިކާއާއި އެލެސްކާއަކީ ރަޝިޔާ މީހުން ހޯދިތަންތަން ކަމުން އެތަންތަން ރަޝިޔާ މީހުންނަށް އަނބުރައި ލިބެން ޖެހޭނެ ކަމަށެވެ.
އެމެރިކާއިން ރަޝިޔާ އަތުން އަލަސްކާ ގަތީ 7.2 މިލިއަން ޑޮލަރަށެވެ. މި ކަމަށް ދެގައުމުން އެއްބަސްވީ 1867 ވަނަ އަހަރުއެވެ. އެލަސްކާ ސްޓޭޓެއްގެ ގޮތުގައި އެމެރިކާގެ އިއްތިހާދުގައި ބައިވެރި ކުރީ 1959 ވަނަ އަހަރުއެވެ.
މި ވާހަކައަށް ރައްދު ދެއްވަމުން އެލަސްކާގެ ސެނެޓަރ ލީސާ ކޮސްކޮވްލީ، ވިދާޅުވީ ރަޝިޔާއަށް އެތަންތަން އަނބުރައި ދިނުމަކީ އެއީ ދުވަހަކު ކޮޅުންވެސް ހިނގައިފާނެ ކަމެއް ނޫން ކަމަށެވެ.