އަފްޣާނިސްތާނުގެ ޓީވީ ސްޓޭޝަނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި ތާލިބާނުން ވަނީ ތުލޫޢު ޓީވީގެ ތިން މުވައްޒަފަކު ހައްޔަރުކޮށްފައެވެ.
އެ ތިން މީޙުން ހައްޔަރުކޮށްފައި ވަނީ އަފްޣާނިސްތާނުގައި ދައްކާ ބޭރުގެ ޑްރާމާ ސިލްސިލާތައް ތާލިބާނުން ސެންސަރު ކުރާ ކަމަށް އެމީހުން ބުނުމުންނެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ތުލޫއު ނިއުސްގެ ވެރިޔާ ޚުޕަލްވަކް ސާޕާއީ އާއި އެ ޓީވީގެ ލީގަލް އެޑްވައިޒަރު ނަފީ ޚަލީގު ވެސް ހިމެނެއެވެ. މިމީހުން ހައްޔަރު ކުރިތާ ގަޑިއިރުތަކެއް ފަހުން ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް ސްޓޭޝަން ޕްރެޒެންޓަރު ބަހްރާމް އަމަން އަދިވެސް ހުރީ ބަންދުކޮށްފައެވެ.
އަމަން ހުކުރު ދުވަހު ތުލޫޢު ނިއުސްޓީމާ ވާހަކަ ދައްކަމުން ބުނީ ދެ ތަހުގީގު ބައްދަލުވުމަކަށްފަހު ތާލިބާނުން އޭނާ މިނިވަން ކުރާނެ ކަމަށް ވައުދުވެފައިވާ ކަމަށެވެ.
ތާލިބާނަކީ ނޫސްވެރިންނާއި ފާޑު ކިޔާފަރާތްތަކުގެ ވާހަކަތައް ބަލައިގަންނަން އުދަގޫ ޖަމާއަތެއްކަމަށް ނޫސްވރިން ފާހަގަ ކުރެއެވެ.