ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޝިތާލަކްޝަޔާ ކޯރުގައި މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ފެރީއެއް ބަންޑުން ޖަހާލައި ހަތަރު މީހުން މަރުވެ، އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
ޑާކާ ޓްރިބިއުން ނޫހުން ބުނީ އެ ފެރީ ބަންޑުން ޖަހާލިއިރު 50 ފަސިންޖަރުން ތިއްބެވެ.