އިންޑޮނޭޝިއާގެ ސަރުކާރުގެ ތާއީދު ހޯދުމަށްޓަކައި އިންޑޮނޭޝިއާގެ އެންމެ ބޮޑު އިސްލާމީ ޖަމާއަތުގެ ތާއީދު ހޯދުމަށް ރަޝިޔާއާއި ޔުކްރެއިން އިން ދަނީ މަސައްކަތް ކުރަމުންނެވެ.
އިންޑޮނޭޝިއާގެ ނަހްޟަތުލް އުލަމާ ގައި މެމްބަރުންގެ ގޮތުގައި 90 މިލިއަން މީހުން ތިބެއެވެ.
މިޖަމާއަތަކީ މެދުމިނުގެ އިސްލާމީ ފިކުރުގެ ޖަމާއަތެކެވެ. ޔަހްޔާ ސްތާގޫފް ވަނީ މި ޖަމާއަތުގެ ރައީސަކަށް އިންތިޚާބު ކޮށްފައެވެ.
ޔުކްރެއިން އިން އިންޑޮނޭޝިއާއަށް ކަނޑައަޅާފައިވާ އެމްބެސެޑަރު ނަހްޟަތުލް އުލަމާއާ ބައްދަލު ކުރިތާ އެއްދުވަސް ފަހުން ރަޝިޔާއިން އައްޔަން ކޮށްފައިވާ އެމްބެސެޑަރު ވަނީ ނަހުޟަތުލް އުލަމާ އޮފީހަށް ވަޑައިގެންފައެވެ.
ދެ ގައުމުގެ މި މަސައްކަތަކީ އިންޑިނޭޝިއާގެ ރައީސް ޖޯކޯ ވިދޯދޯގެ ސަރުކާރަށް މި ހަނގުރާމައިގައި ތާއީދު ހޯދުމަށް ކުރާ މަސައކަތެކެވެ.