ނިދުމުގެ ކުރިން މޭކަޕު ފިލުވާ މޫނު ރަނގަޅަށް ސާފު ކުރުން މުހިއްމު

0

މޭކަޕް ރަނގަޅަށް ސާފު ނުކޮށް ނިދަން ހެއްޔެވެ؟ އެގޮތަށް ކަންތައް ކުރާ ނަމަ މޫނުގެ ހަންގަނޑަށް ވަރަށް ބޮޑެތި ނޭދެވޭ ބަދަލުތައް އަންނާނެއެވެ. މިގޮތުން:

ހަންގަނޑުގެ ތާޒާކަން ގެއްލުން

މޭކަޕްކޮށްގެން ހުރެ ނިދައިފިނަމަ ހެދުނު ތެދުވެގެން މޫނު ބައްލަވަލައްވާށެވެ. އަމިއްލައަށްވެސް މޫނުމަތީގެ ހުދުކަން ފެނި ތަޒާކަން ގެއްލިފައި ހުރިކަން އެނގޭނެވެ. އަދި މޫނު ދޮވުނަސް މޫނުގެ ތާޒާކަން އެހާ ފަސޭހައިން ނާންނާނެވެ.

Advertisement

ހަންގަނޑު ހަލާކުވުމަށް މެދުވެރިވުން 

މޭކަޕްތައް ސާފުނުކުރުމުގެ ސަބަބުން ނުވަތަ މޭކަޕްގެ ސަބަބުން ހަމަށް އެ އަންނަ ޖަރާސިމުތައް ސާފުނުކުރުމުން ހަމުގެ ތެރޭގައި މަރުވެފައި ހުންނަ ހަންތައް ފިލުވައިނުދޭނެވެ. އެއަށްވުރެ ބޮޑަށް ހަމަށް ޖަރާސީމު އިތުރުކޮށްދޭނެވެ.

މޫނުގައި ބިހި ނެގާ މިންވަރު ގިނަވުން

ޖަރާސީމު ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން އެންމެ ބޮޑަށް ނިކުންނަ ނަތީޖާއަކީ މޫނުގައި އާދަޔާ ހިލަފަށް ބިހިތައް ނެގުމެވެ.

މޫނުގައި ރޫ ގިނަވުން

މިކަން އާދަވެގެން ކުރާ މީހުންނަށް މޫނުގެ ޒުވާންކަން ގެއްލިފައި ހުރި މިންވަރު އަމިއްލައަށް އަންދާޒާކުރެވޭނެވެ. ކަމުގެ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި މަސްދުވަސްވަންދެން މޭކަޕް ސާފު ނުކޮށް ހުންނަ މީހުންގެ މޫނު ދޮށީ އުމުރުގެ މޫނެއްހާ ތަފާތުވާނެވެ.

 

ވަރުބަލިވެފައި ހުރިކަމުގައި ވިޔަސް މޭކަޕް ސާފު ނުކޮށް ދޫކޮށްނުލާށޭވެ. އަދި މޭކަޕް ކޮށްގެން ނުނިދާށެވެ. މިގެއްލުންތަކުން ދޭހަވާ ފަދައިން މޫނަށް އެ ލިބެނީ ވަރަށް ބޮޑު ނުރައްކަލެކެވެ.

Advertisements