މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މަސައްކަތްތައް ހަރުދަނާކުރުމުގެގޮތުން ދުރާލާ އިންޒާރުދޭ ނިޒާމު މިހާރުވަނީ ކޮމަން އެލާރޓިން ޕްރޮޓޮކޯލްގެ މިންގަނޑާ އެއްގޮތަށް ބަދަލުކޮށްފައެވެ. މިއީ މޫސުމުން ކުރާނެ އަސަރު ހިމެނޭނެހެން ނިމުތުކުރުން ނުވަތަ އިންޕެކްޓް ބޭސްޑް ފޯކާސްޓިންގއާ ދިމާއަށް މަސައްކަތްކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށައި އަދި ގެނެވުނު މުހިއްމު ބަދަލެއްކަމުގައި، މޯލްޑިވްސް މީޓިއޮލޮޖިލްކަލް ސަވިސްސައިން ބުނުއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރުކުރެވެމުންދާ އޮޓަމެޓިކް ވެދަރ ސިސްޓަމްތަކުން އެސަރަހައްދެއްގެ އެންމެ އަދާހަމަ މޫސުމީ މައުލޫމާތު، މެޓް އޮފީހުގެ ވެބްސައިޓުންނާއި 'މޫސުން' އެޕް މެދުވެރިކޮށް އާއްމުނަށް ދަނީ ފޯރުކޮށްދެމުން ކަމުގައިވެސް އެ ސަރވިސައިން ބުނުއްވިއެވެ.