ބ. އަތޮޅު ކިހާދޫ ސްކޫލަށް 2 ކްލާސްރޫމް އިތުރު ކުރުމަށާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

މި މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީގެ ޙަވާލު ކުރައްވާފައިވަނީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެކުންފުންޏާ ޙަވާލު ކުރައްވާފައިވަނީ ދެމިލިއަން ހަތްދިހަ ހަތަރުހާސް ފަސްސަތޭކަ ފަންސާސް ފަސް ރުފިޔާ ހަލާރި އަށެވެ. އެކުންފުނީން ބުނެފައިވަނީ މި މަސައްކަތް 99 ދުވަސް ތެރޭގައި ނިންމައި ދޭނޭ ކަމަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢައެވެ. އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޢަބްދުﷲ އެވެ.