ކ. ހިންމަފުށި ސްކޫލުގައި 4 ކްލާސްރޫމް އަދި ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް ކުންފުންޏަކާ މިއަދު ހަވާލު ކުރައްވައިފިއެވެ، އެމަސައްކަތް އެޑިޔުކޭޝަންގެ ފަރާތުން ހަވާލުކުރެއްވީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ފަރާތުން މި މަސައްކަތަށް ހުށައަޅުއްވާފައިވާ އަގަކީ ސޯޅަ މިލިއަން ހަތްލައްކަ ނުވަހާސް ދުވިސައްތަ ނުވަދިހަ ތިންރުފިޔާ ފަންސާސް ހަތްލާރި އެވެ. މި މަސައްކަތް 365 ދުވަސް ތެރޭގައި ނިންމާނޭ ކަމަށް އެކުންފުނީން ވަނީ އެއްބަސްވެފައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުލަމް ރުޝްދީ އެވެ.