ކުރިން ސޯވިއެޓް ޔޫނިއަންގައި ހިމެނުނު ކުޑަ ކުޑަ ގައުމެއް ކަމަށްވާ މޯލްޑޯވާއިން ވަނީ ޖޯޖިއާ އާއި ޔޫކްރެއިންއާއެކު ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވުމަށް ހުށަހަޅާފައެވެ.
ގާތްގަނޑަކަށް 2.6 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ މޮލްޑޯވާގެ ސަރުކާރުން ވަނީ ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ކުށްވެރިކޮށްފައެވެ. އަދި ބޯޑަރު ހުރަސްކޮށް އެތެރެވާ ޔުކްރެއިންގެ ރެފިއުޖީންނަށް އެހީ ދިނުމަށް ޔޫރަޕްގެ އިއްތިހާދުގެ އެހީވެސް ހޯދުމަށް އެދިފައެވެ.
ޔޫރަޕްގެ މަސްއޫލުވެރިން ވަނީ މޯލްޑޯވާގެ އެހީތެރިކަމަށް ތައުރީފް ކުރައްވާފައެވެ. އަދި މިއީ އެ ގައުމުގެ ޔޫރަޕްގެ ޝަޚްސިއްޔަތު އަލުން ކަށަވަރު ކުރުމަށް އެޅުނު ވަރަށް މުހިންމު ރަމްޒީ ފިޔަވަޅެއކަމުގައިވެސް ވިދާޅުވެފައެވެ.
މޯލްޑާވާގެ އަންހެން ރައީސާ މާއިއާ ސަންޑޫ މިކަން ބޭނުންފުޅުވި ނަމަވެސް ރަޝިޔާއަށް ތާއީދުކުރާ އިދިކޮޅު ޕާޓީތަކުން އަދިވެސް ދަނީ މޮސްކޯއާއެކު ވަރުގަދަ ގުޅުންތަކެއް އުފެއްދުމަށް ވަކާލާތު ކުރަމުންނެވެ.