ބޭނުންވާ ތަކެތި:

1 ކިލޯ ކުކުޅު (ބޮޑެތިކޮށް ކޮށާފައި)

2 މޭޒުމަތީސަމުސާ ޕްލޭން ޔޯގަޓް

½ މޭޒުމަތީސަމުސާ މުގުރި މިރުސް

2 ސައިސަމުސާ ލޮނު

3 ސަމުސާ ގިތެޔޮ (ގީ)

4 ބޭލީވްސް

4 ކާފޫރުތޮޅި

1 އިންޗީގެ ފޮނިތޮށި 2 ބުރި ފޮނިތޮށި

8 އަސޭމިރުސް ފުއް

5 ކަރަންފޫ

1 ފިޔާ ( ކޮށާފައި)

1 މޭޒުމަތީސަމުސާ ލޮނުމެދު ޕޭސްޓް

1 މޭޒުމަތީސަމުސާ އިނގުރު ޕޭސްޓް

1 މޭޒުމަތީސަމުސާ މުގުރި މިރުސް

1 މޭޒުމަތީސަމުސާ ގަރަމް މަސާލަ

10 ހިކި މޭބިސްކަދުރު

3 ޕުރޫންސް

1 ޖޯޑު ތެއްލި ފިޔާ

5ޖޯޑު ހޫނުފެން

1 ޖޯޑު ކިރު

3 ޖޯޑު ހަނޑޫ

2 ތޮޅި މިރުސް

މޭޒުމަތީސަމުސާ ލޮނު

½ ޖޯޑު ކަޖޫނަޓް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ހަނޑޫކޮޅު ދޮވެލުމަށްފަހު ތޮރުފި ތައްޓެއްގައި ހިއްކާލަން ބަހައްޓާށެވެ. ދެން ކޮށާފައި ހުރި ކުކުޅުގެ ތެރެއަށް ޕްލޭން ޔޯގަޓް މުގުރި މިރުސް 1 ސަމުސާ ލޮނު އަޅައިގެން މޮޑެލުމަށްފަހު 30 މިނެޓް މެރިނޭޓް ކުރަން ބަހައްޓާށެވެ. ދެން ތެއްޔަކަށް ގިތެޔޮ އެޅުމަށްފަހު ކޮށާފައި ހުރި ފިޔާ، ބޭލީވްސް، އިނގުރު ލޮނުމެދު ޕޭސްޓް، ފޮނިތޮށި، ކާފޫރުތޮޅި، އަސޭމިރުސް، ކަރަންފޫ އަޅައިގެން ހަނާ ކޮށްލާށެވެ. 2 މިނެޓު ހަނާ ކުރެވުމުން މުގުރި މިރުސް ގަރަމް މަސާލަ، ލޮނުއަޅާށެވެ. ދެން މެރިނޭޓް ކުރި ކުކުޅާއި ހިކި މޭބިސްކަދުރު، ޕުރޫންސް، ތެއްލި ފިޔައިން އެއްބައި، ތޮޅި މިރުސް ފެން ޖޯޑެއް އަޅައިގެން ކައްކާލާށެވެ. 15 ވަރަކަށް މިނެޓް ކެކުމުން ހަނޑުލާއި، ފެން، ކިރު އަޅައިގެން ކައްކައި ބަތްތެލި ހިންދާލާށެވެ. ބަތްތެލި ހިނދުމުން ތެއްލި ފިޔައިގެ ބާކީ ހުރި ބަޔާއި ކަޖޫނަޓް ކޮޅުވެސް އަޅާށެވެ. ބޭނުންނަމަ، ކޮރިއަންޑާ ލީވްސް ކޮޅެއްވެސް މައްޗަށް އަޅާށެވެ.