އައްޑޫ ސިޓީގައި އިމާރާތް ކުރި ފުލުހުންގެ ޓްރޭނިން އެކަޑަމީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިއަދު ހުޅުއްވައި ދެއްވައިފިއެވެ.

"ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ގެ ނަމުގައި އިންޑިއާގެ އެހީގައި ހަދަމުން އަންނަ އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާއި ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ސަރުކާރުގެ އިސް ބައެއް ވެރިން ވެސް ބައިވެރިވަޑައިގެންނެވި އެވެ.

އެކަޑެމީ ހުޅުއްވައި ދެއްވުމަށް ފަހު ރައީސް ވަނީ އެތަނުގައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ވެސް ކުރައްވައިފަ އެވެ.

https://twitter.com/presidencymv/status/1507956516480987141?s=21&t=qOBYejYgZnNxSk6LTq1DkA

އައްޑޫ ހިތަދޫ މާމެންދޫ ސަރަހައްދުގައި އިމާރާތް ކުރި ޕޮލިސް އެކަޑެމީ އަކީ އިންޑިއާގެ ސަރުކާރުގެ 33 މިލިޔަން ޑޮލަރުގެ ހިލޭ އެހީއަކުން ބިނާކުރި ތަނެކެވެ. އެތަން އިމާރާތްކުރުުގެ މަސައްކަތް ކުރީ ވެސް އިންޑިއާގެ ކުންފުންޏަކުންނެވެ.

އައްޑޫގައި އިމާރާތްކުރި ޕޮލިސް އެކަޑަމީ އަކީ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެ އަށް އެހީތެެރިވުމަށް ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫ އެވެ.