ރަޝިޔާއިން ޔޫރަޕަށް މަލާމާތް ކޮށް ކާޓޫނެއް ކުރެހުމުން ފަރަންސޭސިވިލާތް ރުޅި ގަދަވެއްޖެއެވެ. ފަރަންސޭސިވިލާތުން ރަޝިޔާގެ އެމްބަސެޑަރ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރީ، ރަޝިޔާގެ ރަސްމީ ވެބްސައިޓްތަކުގައި ޔޫރަޕަށް މަލާމާތުގެ ކާޓޫނެއް ޝާއިއުކުރި ކަމަށް ބުނެއެވެ. މި ކާޓޫނުގާ ބުނެފައި ވަނީ ޔުރަޕަކީ އެއީ ނޭޓޯއާއި އެމެރިކާއަށް ހަތިޔާރާއި ފިކުރުތައް ޓެސްޓް ކުރާ ބިމެއް ކަމަށެވެ.
ޕެރިހުން ބުނީ މި ކާޓޫނަކީ ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އަޅުގަނޑުމެން މިއަދު ރަޝިޔާ ސަފީރަށް މިކަން ސާފުކޮށްދިނީ ކަމަށް ޕެރިހުން ބުންޏެވެ.
ސަލާމާއި ސަލަވާތް ލެއްވި ކައ އިތުރު ސާހިބާއަށް ފުރައްސާރަ ކޮށް ކާޓޫނު ކުރެހުމުން އެއިރު ޕެރިހުން ބުނީ އެއީ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަން ކަމަށެވެ.