ސަރުކާރުން 52.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓާއި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން، 45،795 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 507 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 2320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، މަގުބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީއަކީ ރާއްޖޭގައި ހިންގާ މިފަދަ ތަރައްގީގެ މަސައްކަތްތަކަށް ކުޅަދާނަ ކުންފުންޏެެކެވެ. މިހާރުވެސް އެތައް މަޝްރޫއެއް ރާއްޖޭޭގެ އެކިކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ.