ނ. މާފަރު މަގުތަކުން ބިޓުމަން ސާފުކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވެފައިވަނީ މިހާތަނަށް ވަނީ އެމަސައްކަތުގެ 60 ޕަސެންޓް ނިމިފައި ކަމަށެވެ. ބާކީ 40 ޕަސެންޓް މަސައްކަތް ނިންމުމުގެ މަސައްކަތް ވެސް އެކުންފުނީން ގެންދަވަނީ ވަރަށް ހަލުއިކަމާއެކު ކުރައްވަމުންނެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެދިވަޑައިގަތުމަކަށް އެމްޓީސީސީގެ އިޖުތިމާޢީ ޒިންމާގެ ތެރެއިން ކުރިއަށްދާ މަސައްކަތެއް ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ. ނ. މާފަރު ކައުންސިލުން މި މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އަރިހު އެދިވަޑައިގަތީ އެމަނިކުފާނު ޖެނުއަރީ 2022 ގައި ނޫނު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައެވެ.