ގދ. ފަރެސްމާތޮޑާ ބޮނޑެ އަޓިގެ މަރާމާތު ކޮށްދޭނޭ ބަޔަކު ހޯދުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އިއުލާން ކުރައްވައިފިއެވެ. އެއިއުލާނުގައި ވާގޮތުން އެތަން މަރާމާތު ކުރަންޖެހެނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދެއްވާ މަޢުލޫމާތާ އެއްގޮތަށެވެ.
އެތަން މަރާމާތު ކުރުމުގެ ފުރުސަތުވަނީ އެކަމަށް ޝައުގުވެރިވެރިވާ ފަރާތްތަކުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައްވައިފައެވެ. މިކަމާ ބެހޭ މައުލޫމާތު ސާފުކޮށްދިނުންއޮންނާނީ އެޕްރީލްމަހު 5 ވަނަ ދުވަހު 11:00 ގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ) އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ ގައެވެ.
ބީލަން ހުށަހެޅުން އޮންނާނީ އެޕްރީލް 13 ވަނަ ދުވަހު 11:00 ގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ) އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ ވިދާޅުވެފައެވެ.
ފަރެސްމާތޮޑާ ބޮނޑެ އަޓިގެ އަކީ އެރަށުގައި ހުރި ދުވަސްވީ އިމާރާތެކެވެ. އެރަށު ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި އަޓިގެ އަކީ އިހު ޒަމާނުގައި މާލޫދު ކިޔުންފަދަ ކަންކަމަށް ބޭނުން ކުރި ތަނެކެވެ. އަދި މަސައްކަތްތެރި ކަމާއި ފަންނުވެރިކަމާއި އެރަށުގެ ހާއްސަ ޝަހުޝިއްޔަތުންގެ ހަނދާންތަކާއި ގުޅިފައިވާ މަރުކަޒެކެވެ.