ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ޖަލްސާތައް ފަށާނީ ހެނދުނު 10:30 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރޯދަ މަހު ޖަލްސާތަކިގެ ފުރަތަމަ ފުރަތަމަ ދަންފަޅި ކުރިއަށް ދާނީ ހެނދުނު 10:30 އިން މެންދުރު 12:00 އަށް ކަމަށެވެ. އަދި އެއްގަޑި އިރުގެ ހުސްވަގުތަށް ފަހު މެންދުރު ފަހު 1:00 އިން 2:00 އަށް ޖަލްސާ ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކުގެ ގަޑި އެގޮތަށް ހަމަޖެހުނަސް މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށް ދާނެ ކަމަށެވެ.

އާންމުކޮށް މަޖިލީހުހެ ޖަލްސާތައް ފަށަނީ ހެނދުނު 9:00 ގަ އެވެ.