ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ 1 ކިލޯމީޓަރުގެ ދުވުން ނިންމާލައިފިއެވެ. މިއަދުގެ ފަތިސްނަމާދަށްފަހު ހުރިހާ ރަށެއްގެ ސްކޫލްތަކުގެއްގައި ބޭއްވި މި ދުވުން މާލޭގައި އޮތީ ދުވާ ޓްރެކްގައެވެ. ދުވުން ޝަރަފު ވެރިކޮށްދެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފެވެ.
ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ދުވުމުގައި ދަރިވަރުންނާއެކު މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އައިޝަތު އަލީއާއި އެމިންސްޓްރީގެ ވެރިންގެ އިތުރަށް ސްކޫލްތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.
މިއަދު ފާހަގަކުރާ ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ވަރަށް ގިނަ ޕްރޮގްރާމުތައް ހިންގުމަށްވަނީ ރާފައެވެ. އަދި މިއަދު ހަވީރު ހުޅުމާލޭ ސެންޓަރަލް ޕާކުގައި ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މައުލޫމާތު ދެއްވިއެވެ.
މިއަދު ފާހަގަ ކުރަން ފެށި ދުޅަޖހެޔޮ ހަށިހެޔޮ ދުވަސް ދެން ކޮންމެ އަހަރަކުވެސް ސްކޫލްތަކުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާކަމށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މައުލޫމާތު ދެއްވިއެވެ. މިދުވަސް ފާޖހަގަކުރަނީ ކޮންމެ އަހަރެއްގައިވެސް ކަލާސް އެވޯޑް ހަފުލާ ބާއްވާ ދުހުއެވެ. މިއަހަރުގެ ކަލާސް އެވޯޑު އޮންނަނީ މިރޭ ސެންޓަރަލް ޕާކްގައެވެ. ކަލާސް އެވޯޑަކީ ސްކޫލްތަކުގެ ދަރިވަރުން ކުޅިވަރުގެ ރޮނގުން ހޯދާ ކާމިޔާބު ފާހަގަކޮށް އެކުދިންނަށް ދޭ އެވޯޑެކެވެ.