ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ރަންވޭގައި ތާރުއެޅުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއއެވެ. އެމަސައްކަތް ފަށައިފައި ވަނީ އިއްޔެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތާރު އެޅުމުގެ މަސައްކަތް ދެ މަސްތެރޭގައި ނިމޭނެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގައި އެންމެ ބާރަށް މިހާރު ކުރިއަށްދަނީ ޓަރމިނަލް އިމާރާތުގެ ސްޓީލް ސްޓްރަކްޗަރ ނުވަތަ އޮނިގަނޑު އެތުރުމުގެ މަސައްކަތެވެ. އެމަސައްކަތް ވެސް މިހާރުވަނީ ނިމިފައެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ދަނީ

މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކުރުމާއި، ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެ އަކީ 144.8 މިލިއަން ރުފިޔާ އެވެ.

އެމްޓިސީސީން މަސައްކަތް ކުރައްވަނީ މިއަހަރުގެ ޖުލައި 26 އަށް އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމުމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ސާލިހުވެސް ވިދާޅުވެފައިވަނީ މި އެއާޕޯޓުގެ މަސައްކަތް މިއަހަރުތެރޭ ނިންމައި ހުޅުވޭނޭ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ދަނީ

މިއީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށިި އެއަރޕޯޓެކެވެ. އެދުވަސްވަރު ވަނީ ބިން ހިއްކައިގެން ފަސް ފަޅުރަށެއް އެއްކޮށްފައެވެ. އެއަރޕޯޓު އަޅަނީ ފަރެސްމާތޮޑާ ކައިރީގައި އޮންނަ މި ފަސް ރަށް އެއްކޮށްގެންގެން ހިއްކާފައިވާ ބިމުގައެވެ. އެމްޓީސީސީން ބިންހިއްކުމުގެ މަސައްކަތް ފަށައި ނިންމާފައި ވަނީ 2020 ވަނަ އަހަރު އޮގަސްޓް ގައެވެ. ފަރެސްމާތޮޑާ އެއަރޕޯޓްގައި އެޅުމަށް ހަމަޖެހިފައިވަނީ 1.2 ކިލޯ މީޓަރުގެ ރަންވޭއެކެވެ.

-ފޮޓޯތައް ސޯޝަލް މީޑިއާ