ޔޫކްރެއިންގެ ޕާލަމެންޓުން ވަނީ ރަޝިއާގެ ހަނގުރާމައަށް ތާއީދުކުރާ މީހުންގެ މުދާތައް ސަރުކާރަށް ނެގުން ހުއްދަކޮށް ގާނޫނެއް ފާސްކޮށްފައެވެ. މި ގާނޫނުގެ ދަށުން ޔޫކްރެއިނުގައި ރަޝިޔާ މީހެއްގެ މިލްކިއްޔާތެއް ހުރިނަމަ، ނުވަތަ ރަޝިޔާއަށް ތާއީދު ކުރާ ޔުކްރެއިންގެ މީހެއްގެ މުދަލެއް ހުރިނަމަ އެ މުދަލެއް ނެގުމުގެ ބާރު ސަރުކާރަށް ދެއެވެ.

ރަޝިޔާ ސަރުކާރާ ގުޅިފައިވާ ރަށްވެހިކަން ނެތް ނުވަތަ ރަޝިޔާގެ ހަނގުރާމައަށް ތާއީދުކުރާ ބޭރު މީހުންގެ މައްޗަށްވެސް މި ގާނޫނު އެޕްލައި ކުރެވޭނެއެވެ.