ބޭނުންވާ ތަކެތި:

ފުށްގަޑު ތައްޔާރުކުރުމަށް

2 މޭޒުމަތީސަމުސާ ޔީސްޓް

4 ޖޯޑު ފުއް

2 މޭޒުމަތީސަމުސާ ތެޔޮ

½ ޖޯޑު ތާފަނާފެން

1 ސައިސަމުސާ ހަކުރު

ރަހަލާވަރަށް ލޮނު

މަސްގަނޑު ތައްޔާރުކުރުކުރުމަށް

1 ޖޯޑު ބޯންލެސް ޗިކަން (ހިމުންކޮށްފައި/ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

1 މޭޒުމަތީސަމުސާ ހޮޓް ސޯސް

½ މޭޒުމަތީސަމުސާ ކުކުޅުހަވާދު

1 މޭޒުމަތީސަމުސާ ލުނބޯ ހުތް

2 މޭޒުމަތީ ސަމުސާ ޕްލޭން ޔޯގަޓް

2 މޭޒުމަތީސަމުސާ ތެޔޮ

1 ފިޔާ (ކޮށާފައި)

1 ކެޕްސިކަމް (ކޮށާފައި)

1 ޖޯޑު ޗީޒް

4 ރޯމިރުސް (ކޮށާފައި)

ތައްޔާރުކުރާނެގޮތް

އެންމެ ފުރަތަމަ ތާފަނާ ފެނަށް ޔީސްޓް އެޅުމަށްފަހު 10 މިނެޓު ބަހައްޓާށެވެ. ދެން ތެލާއި ލޮނު އަދި ހަކުރު ޔީސްޓް ފެނަ އަޅައިގެން ފުށްގނަޑު މޮޑެލާށެވެ. އެއަށްފަހު މަތިޖެހޭތައްޓެއްގައި 30 މިނެޓް ބާއްވާށެވެ.

ދެން މަސްގަނޑު ތައްޔާރުކުރާށެވެ. ކުކުޅު މަސްގަނޑުގެތެރެއަށް ލޮނުމެދާއި ޔޯގަޓް، ހަވާދު، ސޯސް އަޅައި ހުތްވެސް ޖަހައިގެން ރަނަގަޅަށް މޮޑެލާށެވެ. ދެން މެރިނޭޓް ކުރުމަށް 30 މިނެޓް ބަހައްޓާށެވެ. އެއަށްފަހު ތަވަޔަކަށް ތެޔޮ އަޅައި އުނދުންމައްޗަށް އުދާ ހޫނުކޮށްލާށެވެ. އަދި ކުކުޅު މަސްގަނޑު އަޅާށެވެ. ދެން ކުކުޅުމަސްތައް ރޯފިލަންދެން ހަނާކޮށްލާށެވެ.

ދެން ފުށްގަނޑު ރޮށްޓެއްހެން ބޮޑުކޮށް ދަމާލާށެވެ. އެއަށްފަހު މަތީގައި ޕިއްޒާ ސޯސް އުނގުޅާށެވެ. ދެން ސޯސް މައްޗަށް މައްސްގަނޑު އަޅާށެވެ. އެއަށްފަހު ފިޔައާއި ކެޕްސިކަން ތޮޅިމިރުސް އަޅައި. ރޮށި އޮޅާލާށެވެ. ދެން ދެ އިނގިލި ފުޅާމިނަށް ފުރޮޅެއްހެން ބުރިކުރާށެވެ. އެއަށްފަހު ޓްރޭގައި އަތުރާށެވެ. ދެން މައްޗަށް ޗީޒާއި އޮރިގާނޯ އެޅުމަށްފަހު އަވަނަށްލައި ފިހެލާށެވެ.