ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ފަރާތްތަކުން ދެމަސްދުވަހުގެ ސުލްހައިގެ އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އދއިން ބުނެފިއެވެ. މިއީ 2016 ވަނަ އަހަރުގެ ފަހުން ޔަމަންގައި އެއްބަސްވި ފުރަތަމަ ސުލްހައިގެ އެއްބަސްވުމެވެ.
ޔަމަން ހަނގުރާމައިގައި މިހާތަނަށް 400،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މި ހަނގުރާމައިގައި ގާތްގަނޑަކަށް %60 މީހުން މަރުވީ ބަނޑުހައިހޫނުކަމާއި، ޞިއްޙީ ފަރުވާ ނުލިބުމާއި، ރައްކާތެރި ނޫން ފެން ބުއިމުގެ ސަބަބުންނެވެ.
ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ އިއްތިހާދާއި އީރާނުން ވާގިވެރިވާ ޝީޢީ އިމާމީ ހޫސީ ހަނގުރާމަވެރިންނާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ވަނީ ފަށާފައެވެ.