ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ހައްޔަރުކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އަމުރެއް ނެރުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ކުރީގެ ޗީފް ޕްރޮސެކިއުޓަރ ގޮވާލައްވައިފިއެވެ.

"ޕުޓިން އަކީ ހަނގުރާމައިގެ ކުށްވެރިއެއް،" ސްވިޒަލެންޑްގެ ނޫހެއް ކަމަށްވާ ލެ ޓެމްޕްސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ކާރްލާ ޑެލް ޕޮންޓޭ ވިދާޅުވި އެވެ. އޭނާ މިފަދައިން ވާހަކަ ދެއްކެވީ އޭނާގެ އެންމެ ފަހު ފޮތް ނެރުމަށް ބޭއްވި މުނާސަބާގައި ވާހަކަ ދައްކަވަމުންނެވެ.

ރުވާންޑާ، ސޫރިޔާ އަދި ކުރީގެ ޔޫގޮސްލާވިއާއާ ބެހޭ ހަނގުރާމައިގެ ޖަރީމާތަކުގެ ތަޙުޤީޤުތައް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި ބެއްލެވި ސްވިޓްޒަރލޭންޑްގެ ޤާނޫނީ ވަކީލު ވިދާޅުވީ، ޔޫކްރެއިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ގޮތް ވަރަށް ސާފުކޮށް ނިއުޅެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކުރީގެ ޔޫގޮސްލާވިއާގައި ކުރެވުނު އަނިޔާވެރި ހަނގުރާމަތަކުގެ ހަނދާންތައް އާކުރާ

ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ކުރާ ހަނގުރާމައިގައި ޖަމާއީ މަގްބަރާތަކުގައި ގިނަ މީހުން ވަޅުލަމުންދާތީ ނުތަނަވަސްބެ ވަޑައިގަންނަވާ ކަމަށެވެ. ޔޫގޯސްލޭވިއާގެ ހަނގުރާމައިގައި މާސްގްރޭވްތައް މުސްލިމުންނާ ދެކޮޅަށް ސަރބުންވެސް ބޭނުން ކުރިއެވެ.

"އަހަރެން އުންމީދު ކުރީ ދެން ދުވަހަކު ވެސް މާސް ގްރޭވްތަކެއް ނުފެންނާނެ ކަމަށް،" މީޑިއާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ. ޔޫކްރެއިންގައި ރަޝިޔާއިން ހިންގާކަމަށް އޭނާ ފާހަގަ ކުރެއްވި ޖަރީމާތަކުގެ ތެރޭގައި އާންމުންނަށް ހަމަލާދިނުމާއި، މަދަނީން ދިރިއުޅޭ އިމާރާތްތައް ސުންނާފަތިކޮށްލުމާއި، އާބާދީތަކާއި މުޅި ސިޓީ ވީރާނާކޮށްލުން ހިމެނެއެވެ.

އޭނާ ވިދާޅުވީ ޔޫކްރެއިންގެ ހަނގުރާމައިގެ ތަހުގީގު ހިންގަން މާފަސޭހަވާނެ ކަމަށެވެ. އެއީ ގޔުކްރެއިންއިން އަމިއްލައަށް ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށް އެދިފައިވާތީއެވެ. އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ މިހާރުގެ ޗީފް ޕްރޮސެކިއުޓަރު ކަރީމް ޚާން ވަނީ މިދިޔަ މަހު ޔޫކްރެއިންއަށް ވަޑައިގެންފަ އެވެ.

ހަނގުރާމައިގެ ޖަރީމާތަކުގެ ހެކި އިންޓަރނޭޝަނަލް ކްރިމިނަލްލ ކޯޓަށް ހޯދައި ގަނެވިއްޖެނަމަ، އެ ހޯދުންތަކުގެ އަލީގައި އެ ނިންމުމެއް ނިންމި މީހުންނާ ހަމައަށް ދާންދެން ކޮމާންޑް ސިލްސިލާގެ އެންމެ މައްޗަށް ފޯރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ޕުޓިން ވެސް ޖަވާބުދާރީ ކުރުމަކީ އެކަށީގެންވާ އަދި ކުރެވިދާނެ ކަމެއް ކަމަށެވެ.

ސަރބިއާގެ ކުރީގެ ރައީސް ސްލޮބޮދާން މިލޯސެވިޗްގެ މައްޗަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ތަހްގީގު ހިންގަން ފެށިއިރު، އޭނާ އެއިރު ހުންނެވީ ސާބިއާގެ ރައީސްގެ ގޮތުގައެވެ.