ބޭނުންވާ ތަކެތި

500 ގުރާމް ބޯންލެސް ޗިކަން (ހިމުންކޮށްފައި)

2 އަލުވި (މަޑުކޮށްފައި)

½ 1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމުސާ ލޮނު

1 މޭޒުމަތީސަމުސާ މުގުރި މިރުސް

½ 1 މޭޒުމަތީ ސަމުސާ ލޮނުމެދު (ހިމުންކޮށްފައި)

1 ފިޔާ (ކޮށާފައި)

1 ކެޕްސިކަމް (ކޮށާފައި)

2 ޕާންފޮތި

4 ބިސް

3 މޭޒުމަތީސަމުސާ ފުށް

1 ޖޯޑު ފާރޮށިކުނޑި

ތެއްލަން ތެޔޮ

ތައްޔާރުކުރާނެ ގޮތް

ކުކުޅާއި ލޮނު، މިރުސް، އަލުވި. ލޮނުމެދު، ފިޔާ، ކެޕްސިކަމް، އެއް ބިސް، އަސޭމިރުސް އަދި 2 ފޮތި ޕާން ކުދި ކުރުމަށްފަހު ހުރިހާއެއްޗެއް އެއްކޮށް މިކްސަރުގަ ޖައްސާ ހިމުންކޮށްލާށެވެ. އެއަށްފަހު ފުށާއި ބިސްއަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ދެން އައިސްއަލާމާރީގައި 30 މިނެޓް ބަހައްޓާށެވެ. 30 މިނެޓްވުމުން ނަގައި މަސްގަނޑުން ގުޅަ ހަދާށެވެ. ގުޅަ ހަދާނީ އަތުގައި ތެޔޮ އުނގުޅައިގެންނެވެ. ރީތިކޮށް ވައްކުރުމަށްފަހު މަސްރޮށި ގޮތަށް ފަތިކޮށްލާށެވެ. އެއަށްފަހު ގޯނަޓް ގޮތަށް މެދުން ވައްކޮށް ކަނޑާލާށެވެ. ދެން ފާރޮށިކުޑިއުނގުޅާށެވެ. ދެން ބިސް ގިރުމަށްފަހު ބިހަށްލައި އަނެއްކާވެސް ފާރޮށިކުނޑި އުނގުޅާށެވެ. އެއަށްފަހު ތާހެއްގައި ތެޔޮހޫނުކޮށް ޑޯނަޓްތައް ތެއްލާށެވެ. ޗިކަންޑޯނަޓް ފާރޮށި ކުނޑި އުނގުޅުމަށްފަހު މަތިޖެހި ތައްޓަކަށްޅައި އައިސް އަލާމާރީގައި ބަހައްޓާފައި ނަގާ ތެއްލެވިދާނެއެވެ. މިގޮތަށް އައިސްއަލަމާރީގައި އެއްދުވަސް ނުވަތަ ދެދުވަސްވަންދެންވެސް ބެހެއްޓިދާނެއެވެ.