ބޭނުންވާ ތަކެތި

20 ބިސްކޯދު (މުރަނަ/ މާރީ ބިސްކޯދު ކަހަލަ)

¼ ޖޯޑު ބަޓަރ (ދިޔާކޮށްފަ)

1 ޖޯޑު ދޮން އަނބު (ކޮށާފައި)

1 ޖޯޑު ކްރީމް ޗީޒް

1/3 ޖޯޑު ޕައުޑަރ ޝުގަރ

1 މޭޒުމަތީސަމުސާ ވެނީލާ އެސެންސް

¾ ޖޯޑު ވިޕް ކްރީމް

ތައްޔާރުކުރާނެ ގޮތް

އެންމެފުރަތަމަ ބިސްކޯދު ރަނަގަޅަށް މުގުރާށެވެ. އެއަށްފަހު ބަޓރ އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. ދެން ކޭކު އަޅާ ޓްރޭއަކަށް އަޅާށެވެ. ރަނގަޅަށް އޮބާ އެއްވަރުކޮށްލަންވާބެއެވެ. ދެން އައިސް އަލަމާރިއަށްލާ 30 މިނެޓު ބަހައްޓާށެވެ. އެއަށްފަހު ކްރީމް ޗީޒާއި ޕައުޑަރ ޝުގަރ އެއްކޮށް ކޭކް މިކްސަރެއްގަ ގިރާލާށެވެ. ދެން އަންބު މިކްސަރުން ރަނގަޅަށް ހިމުން ކުރުމަށްފަހު ޗީޒާއެއްކޮށްލާށެވެ. އަދި ރަނގަޅަށް ގިރާށެވެ. އެއަށްފަހު ވިޕްކްރީމް އާއި ވެނިލާ އެސެންސް އެއްކޮށް ގިރާށެވެ. ދެން ބިސްކޯދު އެޅި ޓްރޭގެ މައްޗަށް އަޅާލާ އެއްވަރުކޮށްލާށެވެ. އެއަށްފަހު އަނބު ކްރީމް އިން (ތައްޔާރުކުރި) ޑެކެރޭޓްކޮށްލާށެވެ. ދެން 8 ގަޑިއެއްހާއިރު ފްރިޖްގައި ބެހެއްޓުމަށްފަހު ނަގާށެވެ.