އެސްކީ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ފައުންޑޭޝަން ސްޓޭޖުން ކީ ސްޓޭޖް 2 އާ ދެމެދުގެ ދަރިވަރުންގެ ކިބައިން އުނގެނުމުގައި ދިމާވާ ވަކިވަކި ދަތިތަކާއި ހެދިބޮޑުވުމުގައި ފެންނަ ލަސްކަން ޅަފަތުގައި ދެނެގަތުމަށްޓަކައި ބޭނުންވާ ޝާމިލް ވަޞީލަތެއް އުފެއްދުމަށް ވެވުނު އެއްބަސްވުމެކެވެ.

މިއީ ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީ އިން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް" ގެ ދަށުން ޑިޕަރޓްމަންޓް އޮފް އިންކްލުސިވް އެޑިޔުކޭޝަން އިން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އިބްރާހީމް ނައުޝާދެވެ. އެސްކީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް ކޯޑިނޭޓަރ ސޮފޫރާ ކައުސަރެވެ