ސްރީލަންކާގެ ބޮޑު ވަަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށް ސްރީލަންކާގެ މަސްދަރުތަކުން ބުނެއެވެ. މި އީ ގައުމީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާ ލުމުގެ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މި އަދުގެ ހެނދުނުގެ ވަގުތެއްގައި ރާޖަޕަކްސަގެ ދަރިފުޅު ޔޫތު މިނިސްޓަރ ނަމަލް ކުރެއްވި އިޝާރާތަުން މިފަދަ ކަމެއް އުޅޭ ކަން ދޭހަވެފައި ވެއެވެ. މީޑިއާގައި އޭނާ ވިދާޅުވެފައި ވަނީ ގައުމީ އެއްބައި ވަންތަ ކުރުމަށްޓަކައި އޭނާގެ މަގާމު ގުރުބާން ކުރަން ޖެހޭ ނަމަ އެކަން ކުރަންވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

ލަންކާގައި ކާނާއާއި ޒަރޫރީ ސާމާނު ނުލިބިގެން މުޒާހަރާ ކުރެއެވެ. ކާފިއުވެސް ހިންގާފައި ވެއެވެ. އަދި މީސްމީޑިއާވެސް މަނާ ކޮށްފައި ވެއެވެ.