ބޭނުންވާ ތަކެތި

1 ޖޯޑު ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީސަނުސާ ލޮނުމެދު (ޗަސްކޮށްފައި)

1 މޭޒުމަތީސަމުސާ މުގުރި މިރުސް (ޗިލީ ފްލެކް)

1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމުސާ ވިނިގާ

1 މޭޒުމަތީސަމުސާ ސޯޔާ ސޯސް

2 މޭޒުމަތީސަމުސާ ތެޔޮ

½ ޖޯޑު ފެން

¼ ޖޯޑު ޒުވާރި (ކައްކާފައި)

1 ފިޔާ (ކުދިކޮށް ކޮށާފައި)

1 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)

1 ޗަޕސިކަމް (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީސަމުސާ އޮރިގާނޯ

2 މޭޒުމަތީސަމުސާ ޕިއްޒާ ސޯސް

½ ޖޯޑު މޮޒެރައްލާ ޗީޒް

1 ޕާން

ކުޑަ ލޮނުކޮޅެއް

ސްލައިސް ޗީޒް

ތައްޔާރުކުރާނެ ގޮތް

ކޮށާފައި ހުރި ކުކުޅުގެ ތެރެއަށް ލޮނުމެދާއި، މުގުރި މިރުސް، އަސޭމިރުސް، ލޮނު، ވިނިގާ، ސޯޔާ ސޯސް އަޅައިގެން މޮޑެލާށެވެ. އެއަށްފަހު މެރިނޭޓްކުރަން 30 މިނެޓް ބަހައްޓާށެވެ. މެރިނޭޓް ވުމުން ތަވަޔަކަށް 2 ސަމުސާ ތެޔޮ އެޅުމަށްފަހު ކުކުޅު އަޅައި ހަނާކޮށްލާށެވެ. ހަނާވުމުން ޗިލީ ސޯސް އާއި ފެން އަދި ސޯޔާ ސޯސް އަޅައިގެން ކައްކާލާށެވެ. އެއަށްފަހު ފިޔަ އާއި ތަރުކާރީ އަޅާ އެއްކޮށްލާށެވެ. ދެން ޕިއްޒާ ސޯސް އެޅުމަށްފަހު ތަވާ އުނދުންމަތިން ބާލާށެވެ. ހޫނުކަން ހުއްޓާ މޮޒެރެއްލާ ޗީޒް އަޅައި އެެއްކޮށްލަންވާނެއެވެ. އެއަށްފަހު ޕާން ފޮތި ތަކުގެ ކައިރި ކަފާލާށެވެ. ދެން ރޮށިދަމާ މަޅުގަނޑުގަ ބާއްވާފައި ދަޑިގަނޑުން އޮއްބަމުން ޕާންފޮތިތައް ދަމާލާށެވެ. ދެން ޕާންފޮތި މެދަށް ތައްޔާރުކުރި މަސްގަނޑުން އެތިކޮޅެއް އަޅާށެވެ. ކުކުޅުމަސް އެޅުމަށްފަހު ޕާންފޮތީގެ ހަތަރުފަރާތުގައި ފެން އުނގުޅާށެވެ. ދެން އަނެއް ޕާންފޮތީގައިވެސް ވަށއިގެން ފެން އުނގުޅުމަށްފަހު މަސް އެޅި ޕާންފޮތި މަތީ ބާއްވާ 4 ފަރާތުން ތަތްކޮށްލާށެވެ. ތަތްކުރުމަށް ރަނގަޅަށް އަތުން އޮއްބާލަންވާނެއެވެ. އެއަށްފަހު އަވަނަށް ލާނެ ޓްރެއެއްގައި އަތުރާލާށެވެ. ދެން ތައްޔާރުކުރި ޕިއްޒާ ޕަފް ތަކުގެމަތީ ޗީޗް ފޮތިތައް އެތުރުމަށްފަހު މައްޗަށް ޗިލީފްލެކްސް އަޅައި އަވަނަށްލާ ފިހެލާށެވެ.