ބޭނުންވާ ތަކެތި

600 ގުރާމު ފުށް

½ 1 މޭޒުމަތީސަމުސާ ޔީސްޓް

6 މޭޒުމަތީސަމުސާ ހަކުރު

250 ގުރާމު ބަޓަރ

1 ސައިސަމުސާ ލޮނު

1 ބިހުގެ ގޮބޮޅި

ތައްޔާރުކުރާނެ ގޮތް

½ ކިރާއި ހަކުރު އަދި ޔީސްޓް އެއްކުރާށެވެ. އެއަށްފަހު ފުށްއަޅައިގެން މޮޑޭށެވެ. މޮޑޭއިރު ބާކީ ހުރި ކިރު އަޅާށެވެ. ދެން މަތިޖަހާފައި 10 ވަރަކަށް މިނެޓް ބޭއްވުމަށްފަހު ގުޅަ ޖަހާށެވެ. ގާތްގަޑަކަށް 12 ގުޅަ ހެދޭނެއެވެ. އެއަށްފަހު ރޮށިގޮތަށް ދަމާށެވެ. ރޮށި ދެމުމަށްފަހު މަތީގައި ބަޓަރ ނައިފަކުން ބަޓަރ އުނގުޅާށެވެ. އެއަށްފަހު އަނެއްރޮށި ދަމާފައި އެއްރޮށި މަތީ އަނެއްރޮށި ބާއްވާށެވެ. މިގޮތަށް ބަޓަރ އުނގުޅަމުން އެއްރޮށިމަތީ އަނެއްރޮށި ބާވަމުންގޮސް ހުރިިހާ ފިށްގުޅައެއް ދަމާ ނިމުމުންބަރިބަރިއަށް އެތުރި ރޮށިތައް ފުޑް ފޮއިލް އިން މަތި ނިވާކުރުމަށްފަހު ފުރިޖަށްލައި 10 މިނެޓް ބަހައްޓާށެވެ. ދެން ފްރިޖުން ނަގާ ރޮށިތައް ތިންކަނަށް 12 ބަޔަށް ފޮތިކުރާށެވެ. އެއަށްފަހު އޮޅާލާށެވެ. ތިންކަނަށް ކެފުމުން އޮޅާލާއިރު ކޮރޮއިނޒެންޓް ޝޭޕް އަންނާނެއެވެ. ދެން ކުޑަ އިރުކޮޅަކު ޓްރޭގައި ބެހެއްޓުމަށްފަހު މަތީގައި ކުކުޅު ބިހުގެ ގޮބޮޅި އުނގުޅައި، އަވަނަށްލާ ފިހެލާށެވެ.