ބޭނުންވާ ތަކެތި

430 ގުރާމު ފުށް

7 ގުރާމު ޔީސްޓް

300 އެމް އެލް މިލްކް

60 ގުރާމު ހަކުރު

3 ގުރާމު ލޮނު

2 ބިސް

60 ގުރާމު ބަޓަރ (ދިޔާކޮށްފަ)

50 ގުރާމު ކޮކޯ ޕައުޑަރ

50 އެމް އެލް ޝުގަރ ސިރަޕް

ތައްޔާރުކުރާނެ ގޮތް

ހަކުރާއި ކިރު ޔީސްޓް ބޯތައްޓަކަށް އެޅުމަށްފަހު ގިރާށެވެ. ދެން ބިހާއި ދިޔާކުރި ބަޓަރ އަޅާ އެއްކުރާށެވެ. އެަށްފަހު ފުށާއި ލޮނު އަޅައިގެން މޮޑެލާށެވެ. ރަނަގޅަށް މޮޑެވުމުން ފުށްގަނޑު އެއްވަރަށް ދެބައިކޮށްލާށެވެ. އެއަށްފަހު އެއްބަޔަށް ކޮކޯޕައުޑަރ އަޅާ ރަނގަޅަށް މޮޑެ އެއްކޮށްލާށެވެ. އެއަށް ފަހު 1 ގަޑިއިރު މަތިޖެހި ތައްޓެއްގައި ބާއްވާށެވެ. ދެން ދެ ފުށްގުޅަވެސް ނަގައި ބޮޑު ރޮށްޓެއްހެން ދަމާލާށެވެ. އެއަށްފަހު ހަތަރެސްކަން ފިއްޗަށް ކަފާލާށެވެ. ދެން ކޮކޯޕައުޑަރ އެޅި ފުށްގަނޑުން ކެފި ފުށް ގަނޑުގައި ކައްޗަށް ވަޅިއަކުން ތިން ރޮނގު ގޮތަށް ކަނޑާލާށެވެ. އެއަށްފަހު މަތީގައި ބަޓަރ އުގުޅާފައި ކޮކޯޕައުޑަރ ނާލާ މޮޑުނު ފުށްގަނޑުން ކެނޑި އަކަ މަތީގައި ބާއްވާ އޮޅާލާށެވެ. ހުރިހާ އަކަތަކެއް މިގޮތަށް ހެދުމަށްފަހު 30 މިނެޓް ބަހައްޓާށެވެ. ދެން މަތީގައި ބިސް އުނގުޅުމަށްފަހު އަވަނަށްލާ ފިހެލާށެވެ. އަވަން ހޫނުކުރާނީ 180 ޑިގްރީގައެވެ. ފިހެ ނިމުމުން އަވަނުން ނަގާ ޝުގަރ ސިރަޕް އުނގުޅާށެވެ.