އދ. ހަންޏާމީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވީ އެ މަޝްރޫގެ 77 އިންސައް މަސައްކަތް މިހާރުވަނީ ފުރިހަމަ ކުރެވިފައި ކަމަށެވެ. އެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމެންޓް ވެސް މިހާރު ވަނީ ޕްރޮޖްކެޓް ސައިޓަށް ގެންގޮސްފައެވެ،

މިއީ 29.1 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ ތަރައްގީގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން ހިމެެނެއެވެ. އޭގެ އިތުރުން 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ވެސް ހިމެނެެއެވެ. އަދި 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,330 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ވެސް ހމެނެެއެވެ.

އެމްޓީސީސީއަކީ ތަރައްގީގެ މިފަދަ މަޝްރޫއުތައް ރާއްޖޭގެ އެކިސަރަހައްދު ތަކުގައި ހިންގުމުގެ ތަޖުރިބާއާއި ގާބިލްކަން ލިބިފައިވާ ކުޅަދާނަ ކުންފުންޏެކެވެ.