ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ ތަރުޖަމާނަށް ފާޑުވިދާޅުވެ، ރަޝިޔާގެ ސަލާމަތީ އެންމެ އިސްފަރާތްތަކުގެ ކޮންޓްރޯލް ނެގުމަށް ޗެޗްނިއާގެ ލީޑަރު ރަމަޟާން ކާދިރޯވް ރޭވުންތައް ރާވައިފާނޭ ކަމުގެ ބިރު ބޮޑުވެއްޖެ ކަމަށް އިނގިރޭސި ޓައިމްސް ނޫހުން ރިޕޯޓް ކޮށްފިއެވެ.

އުމުރުން 45 އަހަރުގެ ކާދިރޯވް ތުހުމަތު ކުރެއްވި ގޮތުގައި ޔުކްރެއިންގެ ހަނގުރާމައިގައި ރަޝިޔާގެ ގައުމިއްޔަތު ދެއްކުމުގައި ޑިމިޓްރީ ޕެސްކޯވް ވަނީ ޔޫކްރެއިންގެ ހަނގުރާމައިގައި ނުކުޅެދިފައެވެ.

ގަދީރޯވްއަކީ ކުރިން ޗެޗްނިޔާގެ ވަކިވެގަތުމުގެ ހަނގުރާމައިގައި ރަޝިޔާއާ ދެކޮޅަށް އުޅުނު ހަނގުރާމަވެރި އެކެވެ. ދެ ހާހުގެ އަހަރުގައި ކޮޅު ބަދަލު ކުރުމަށްފަހު މިހާރު ޕޫޓިންއަށް ކޮންމެ ފުރުސަތެއްގައި އޭނާ ޚުޝާމަދު ކުރައްވައެވެ.

ދާދި ފަހަކާ ޖެހެންދެން ޕެސްކޯވް އަކީ ޕުޓިންގެ އެންމެ އަރިސް ސަލާމަތީ ކަންކަމުގައި މަސްއޫލުވެރިއާއެވެ. މިއަދާ ހަމައަށް އޭނާއާ ބެހުމަށް އަދި ފާޑު ކިޔުމަށްވެސް އެއްވެސް މީހަކަށް ކެރިފައެއް ނުވެއެވެ. ނަމަވެސް މިހާރު ހާލަތު ބަދަލު ވެފައިވާ ކަމަށް ރަޝިއާގެ ސިޔާސީ އެނަލިސްޓް ކިރިލް ރޮގޯވް ބުނެއެވެ.

ޗެޗްނިއާގެ ލީޑަރު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ޔޫކްރެއިންގެ ވެރިރަށް ކިއޭވް ސަރަހައްދުން ރަޝިޔާ ސިފައިން ފޭބުމަށް މަޝްވަރާތަކުގައި ކްރެމްލިންގެ ވަފުދުގެ އިސްވެރިޔާ ވްލަޑިމިއަރ މެޑިންސްކީ ވިދާޅުވުމުން މެޑިންސްކީ ރަޖަމު ކުރަން ޖެހޭނެ ކަމަށް ގަދީރޯވް ވިދާޅުވި ފަހުންނެވެ.

އިނގިރޭސި ނޫހެއްގައި ވާގޮތުން ރަޝިޔާގެ ސަލާމަތީ ޚިދުމަތްތައް ހާމަކުރުމުގެ މުހިންމު ސިއްރު އެއް މަސްދަރު ބުނާ ގޮތުގައި މިފަދަ ފާޑުކިއުންތައް އަމާޒުކުރުމަށް ހިތްވަރު ލިބުނީ ޔޫކްރެއިންގެ ހަނގުރާމަ ފެށުމުންނެވެ. އަދި ކަދިރޯވް ވަނީ ޕޫޓިންގެ އަރިސް ސަލާމަތީ ކަންކަމާ ބެހޭ ލީޑަރުންގެ އިތުބާރު ގެއްލުވާލުމަށް ކްރެމްލިންގައި ވަރުގަދަ ކެމްޕެއިނެއް ފައްޓަވާފައެވެ.

މި މަސްދަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޕުޓިން ކާދިރޯވްއަށް ރަޝިޔާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ހަވާލު ކުރައްވައިފިނަމަ، މުޅި ރަޝިޔާ މުސްތަގުބަލު އޮންނާނީ ޗެޗްނިއާގެ ލީޑަރުގެ އަތްޕުޅުގައެވެ. އެއިރުން ހަނގުރާމައަށް ގޮވާލާ ފަރާތްތަކާއި ސުލްހައަށް ގޮވާލާފަރާތްތަކުގެ ކުރިމަތި ލުމަކަށް ދާނެކަން ކަށަވަރު ކަމަށްވެސް ވިދާޅުވެއެވެ.