ޓައިވާންގެ ޓީވީ ސްޓޭޝަނެއް ބަންދުކުރުމަށް ޓައިވާންގެ ކޮމިއުނިކޭޝަން ކޮމިޝަނުން ނިންމައިފިއެވެ. ޓައިވާންގެ އިދިކޮޅު ޕާޓީ ކުމިންޓަންގ ޕާޓީން ބުނެފައި ވަނީ ކޮމިޝަންގެ މިނިންމުމުގެ ސަބަބުން ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށެވެ.

ޓައިވާންގެ ސީޓީއައި ޓީވީ ސްޓޭޝަނަށް ތުހުމަތުކޮށްފައި ވަނީ ޗައިނާއަށް ތާއީދު ކޮށް ޗައިނާގެ ނުފޫޒު ޑިމޮކްރެޓކް ޓައިވާންގައި ފެތުރުމަށް މަސައްކަތް ކުރާކަމަށެވެ.

ސީޓީއައި ސްޓޭޝަންގެ އެންމެ ބޮޑު ހިއްސާދާރު ސާދާގަރަކީ ޗައިނާއަށް ތާއީދު ކުރާ މީހަކަށްވެފައި އޭނާ ސްޓޭޝަނުގެ އެޑިޓޯރިއަލްއާ ބެހި، ޗައިނާގެ ނުފޫޒު ޓައިވާންގައި އިތުރު ކުރުމަށް މަސައްކަތް ކުރާ ކަމަށް ރެގިއުލޭޓަރ ތުހުމަތުކޮށްފައި ވެއެވެ.

ޓައިވާންގެ ކޮމިއުނިކޭޝަން ކޮމިޝަން 2006 ގައި ވުޖޫދަށް އައި ފަހުން މިއީ ސީދާކޮށްވިއަށް ނުސީދާކޮށްވިއަސް މީޑިއާ ގެ އިދާރާ މެދު މިގޮތަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

ސީޓީއައި އަށް ލައިސަންސް އައު ކޮށްނުދޭން ނިންމި ނިންމުމަކީ، ނޭޝަނަލް ކޮމިއުނިކޭޝަން ކޮމިޝަނުގެ ހުރިހައި މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ނިންމުމެއް ކަމަށް އެކޮމިޝަންގެ ރައީސް ވަނީ ނޫސްކޮންފަރެންސެއްގައި ހާމަކުރައްވާފައެވެ.

ސީޓީއައިގެ މައި ހިއްސާދާރަކީ، ސާއީ އެންގ މެންގ އެވެ. އޭނާއަކީ، ޓައިވާންގެ ކާނާ އުފައްދާ އެންމެ ބޮޑު ކުންފުނި، ވޯންޓް ވޯންޓް ޗައިނާ ހޯލްޑިންގގެ ވެރިޔާއެވެ.

ސީޓީއައިގެ މައި ހިއްސާދާރު ސާދާގަރު، ސާއީ އެންގ މެންގ

ކޮމިއުނިކޭޝަން ކޮމިޝަންގެ ރައީސް ވިދާޅުވެފައި ވަނީ މީޑިއާ އެޖެންސީތަކާ ބެހޭ ގޮތުން ލިބުނު ޝަކުވާތަކުގެ ތެރޭން ތިންބައިކުޅަ އެއްބަޔަކީ ސީޓީއައި އާ ދެކޮޅަށް ލިބިފައިވާ ޝަކުވާ ތައް ކަމަށެވެ. ހަގީގަތާ ޚިލާފް ރިޕޯޓްތައް ދުރަށް ފޮނުވައިގެން ސީޓީއައިއަށް މީގެ ކުރިންވެސް ފިޔަވަޅު އަޅާފައި ވެއެވެ.

ސީޓީއައިއަށް ޗައިނާ ސަރުކާރުން އެއްވެސް ފަންޑެއް ލިބިފައިވާ ކަމުގެ ހެއްކެއް ނެތްކަމަށްވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.